ވިލަރެސް-އެޑިއު
ވިލަރެސް އެޑިއުގެ އަދާއިހަމަ
ވިލަރެސް އެޑިއު ކޯޕަރޭޝަން އިން ކުރިއަށްގެންދާ "ސްޓޫޑަންޓް އިނިޝިއޭޓެޑް އެޑިއުކޭޝަން އެންޑް ޑިޖިޓަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން ވަނީ މިހާރު މައިގަނޑު އެއް ޕްރޮޖެކްޓް ކަމަށްވާ އެމް.ޖޭ.އެސް. 2.0 ނިމުމަކަށް އައިސް ލޯންޗިންގް ސްޓޭޖް އަށްވަނީ ގޮސްފައެވެ. މިގޮތުން، އެމް.ޖޭ.އެސް. 2.0 ޕްރޮޖެކްޓްގެ އެތެރެއިން ބަހައިލެވިގެން ކުރިޔަށް ގެންދެވޭ މައިގަނޑު ތިން ބައިތައް ކަމަށްވާ، އެމް.ޖޭ.އެސް ޕޭޖް، ނީލަމް (ކުރީގެ ނަން ފެހިމާ) އަދި ފަހިންތި (vote.mjs.edu.mv) ހިމެނެއެވެ.
އެމް.ޖޭ.އެސް ޕޭޖް ވަނީ ނިމިފައެވެ. (22/2/2026)
ވިލަރެސް އެޑިއު ބޯޑް އޮފް އެގްޒެކެޓިވްސް
މިޝްޢަލް ޚާލިދު އަޙުމަދު – ވިލަރެސް އެޑިއުގެ އެގްޒެކެޓިވް (Executive)
ލިދާ މުޙައްމަދު – ވިލަރެސް އެޑިއުގެ އެގްޒެކެޓިވްގެ ނާއިބު (Deputy Executive)
އާމިނަތު ތޫމާ ޝިޔާމް – ވިލަރެސް އެޑިއުގެ މުޝީރު (Advisor)
ބޯޑުގެ ހުރިހާ މަންދޫބުން ނިސްބަތްވަނި މުޙައްމަދު ޖަމާލުއްދީން ސްކޫލަށެވެ. އަދި ދެންނެވީމެވެ. ނީލަމްގެ ހުރިހާ ކަމެއް ބަލަހައްޓާ ރާވާ ހިންގަވާނީވެސް މި ބޯޑުންނެވެ. ހަމަމިއާއިއެކު، މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ފަންނާއި މީޑިއާ އާއި ބެހޭ ކްލަބްއިން ކޮންމެ ތަޢުލީމީ އަހަރެއްގައި އެޑިޓޯރިއަލް ޕެނަލް އައްޔަން ކުރައްވާނި މި ބޯޑުންނެވެ.
ކުރިއަށް ރާވާފައި ހުރި ޕްރޮޖެކްޓްތައް:
ނީލަމް – އެމް.ޖޭ.އެސްގެ ނިއުސް ބުލެޓިން. (neelam.mjs.edu.mv)
ނީލަމް ވެގެންދާނީ އެމް.ޖޭ.އެސް 2.0 ގެ ފަރާތުން ސްކޫލަށް ފޯރުކޮށްދޭ އެންމެ އިނޮވޭޓިވް ސަބް-ޕްރޮޖެކްޓް ކަމަށެވެ. ނީލަމް މެދުވެރިކޮށް މި މަންސަގެ ފަރާތުން އެކަމަކަށް ކަނޑައަޅުއްވާފައިވާ ބޭފުޅުންނަށް ތަފާތު ނޫސް ބަޔާންތަކާއި، ޢިއުލާންތަކާއި، ނޫސް ލިޔުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ނީލަމްގެ މައިގަނޑު އެއް މަޤުޞަދަކީ ސްކޫލުގެ މީޑިއާ ކްލަބް އިތުރަށް ބާރުވެރިކުރުވާ ޅަ ޖީލުގެ ކުދިންނަށް ޑިޖިޓަލައިޒޭޝަން ފޯރުކޮށްދީ، ކޮމްޕިއުޓާރ އަދި ސުމޭކީ ދިވެހި ބޭނުންކުރުވަން ދަސްކޮށް ދިނުމެވެ. ހަމަމިއާއެކު، ނީލަމް މެދުވެރިކޮށް ސްކޫލުގެ ތަފާތު އަދާއިހަމަ ފެނިގެންދާނެއެވެ.
ފަހިންތި – އެމް.ޖޭ.އެސްގެ އިންތިޙާބީ މަންސަ. (vote.mjs.edu.mv)
ފަހިންތި މެދުވެރިކޮށް ސްކޫލުގެ އިސްވާރުންގެ ކައުންސިލުގެ އިސްބޭފުޅުންނަށް ތަފާތު އިންތިޙާބުތައް ހަދާ، އެހެން ދަރިވަރުންނަށް ފަސޭޙަ ކަމާއި އެކު ވޯޓުލުމުގެ އިންތިޒާމު ވާނީ ހަމަޖައްސާފައެވެ. މި އިންތިޒާމުގެ ތެރޭގައި އެ އިސްބޭފުޅުން ކަނޑައަޅުއްވާ މުއްދަތައް އެ އިންތިޙާބެއް ކުރިއަށް ގޮސް، އިންތިޙާބު ނިމޭ ދުވަހު، ކައުންސިލުގެ އެންމެ އިސްބޭފުޅާއަށް (ސްޓޫޑަންޓް ކައުންސިލުގެ ލީޑިންގ ޓިޗާރ އިންޗާޖް) އިންތިޙާބުގެ ތަފުސީލު ހުރި ރިޕޯޓެށް ހެދިގެންދާނެއެވެ. މި ރިޕޯޓުގައި އިންތިޙާބުގެ ނަތީޖާވެސް ހުންނާނީ ހިމަނާފައެވެ. އިންތިޙާބު ކުރިއަށްދާ މުއްދަތުގެ ތެރެއިން ކޮންމެ ދުވަހަކު، ބޭނުންވަގުތެއްގައި ކައުންސިލުގެ އިސްބޭފުޅުންނަށް ނަތީޖާ ފެނިގެންދާނެއެވެ.
ޕްރޮޖެކްޓްގެ ބްރޭންޑިންގ
މަތީގައި ތަފުސީލުކޮށްފައިވާ ޕްރޮޖެކްޓްތައް ބްރޭންޑިންގ ކޮށް، ކޮޕީރައިޓް ކޮށްފައިވާނީ ވިލަރެސް އެޑިއުގެ ނަމުގައެވެ. މި ކޮޕީރައިޓަކީ ދިވެހިރާއްޖޭގެ ފިކުރީ މުދާގެ ބިލް ނުވަތަ ޤާނޫނުގެ ދަށުން ކޮށްފައިވައި ކޮޕީރައިޓެކެވެ. (© Vilares Edu. All Rights Reserved.)
ކިޔުއްވީތީ ޝުކުރިއްޔާ.
4 ރަމަޟާން 1447
22 ފެބުރުވަރީ 2025
މިޝްޢަލް ޚާލިދު އަޙުމަދު
ވިލަރެސް އެޑިއު އެގްޒެކެޓިވް
ލިޔުންތެރިޔާ
Mish'al Khalid
މިހާތަނަށް ކޮމެންޓެއް ނެތް